އަމީނީ މަގުގެ ފުރަތަމަ 5 ސެގްމަންޓްގެ މަސައްކަތް ބާރަށް ކުރިއަށް

bebn

އަމީނީ މަގުގެ ފުރަތަމަ 5 ސެގްމަންޓްގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އާރްޑީސީ އިން ބުނެފިއެވެ.

އާރްޑީސީ އިން ބުނީ، އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތުގެ ދަށުން ތާރު އަޅާފައިވާ ސެގްމަންޓުތަކުގައި ޓްރެފިކް ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި، ސެގްމެންޓު ހަތަރެއްގައި މިހާރު ކުރަމުން ދަނީ ދުވާރު ހެދުމުގެ މަސައްކަތް ކަމަށާއި، ސެގްމެންޓު 5 ގައި މިވަގުތު ކުރަމުންދާ މަސައްކަތަކީ ގާތައް ނެގުމަށް ފަހު މަގު ކޮނުމުގެ މަސައްކަތް ކަމަށްވެސް އާރްޑީސީން ބުނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނޭއިރު، މި މަޝްރޫއަށް 84 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *