ގަން އެއާޕޯޓްގެ މަޝްރޫއާއެކު 6،000 އެނދު ނެރެވޭނެ: ފައްޔާޒް

rbr

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއާއެކު ފަތުރުވެރިކަމަށް 6،000 އެނދު އިތުރު ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ރެނާޓަސްއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ގަން އެއާޕޯޓުގެ މަސައްކަތް ނިމޭއިރު ފުރަތަމަ މަރުހަލާގައިވެސް ގާތްގަނޑަކަށް 6000 އެނދު ފަތުރުވެރިކަމަށް ނެރެވޭނެކަމަށެވެ.

އައްޑޫ ސިޓީއަށް ސިޓީއެއްގެ ދަރަޖަ ދީފައި އޮތްނަމަވެސް، ސިޓީގެ ދަރަޖައާއެކު އަންނަންޖެހޭ އުމްރާނީ ތަރައްޤީ އައްޑޫއަށް އައިސްފައިނުވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު އެކަން ދެނެގަނެ ދެކުނުގެ އިޤްތިޞާދީ މައިހަބުގެ ގޮތުގައި އައްޑޫ ސިޓީ ތަރައްގީކުރުމަށް ވަށާޖެހޭ ޕްލޭނެއް އެކުލަވާލާ އެ ޕްލޭން ތަންފީޒް ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ، ގަން އެއާޕޯޓްގެ މަޝްރޫއާއެކު އައްޑޫ ސަރަޙައްދުގެ ރައްޔިތުންނަށް ވަޒީފާ އާއި ދެމެހެއްޓެނިވި އާމްދަނީ ލިބޭނެ ގޮތްތައްވެސް ފަހިކުރަންޖެހޭ ކަމަށާއި، މިގޮތުން އެއާޕޯޓު ތަރައްގީކުރެވުމާއެކު ފަތުރުވެރިކަމުގެ ފުރުސަތުތައް އެންމެ ފުރިހަމަގޮތުގައި ހުޅުވިގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *