ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރަން ރެނާޓަސްއާ ހަވާލުކޮށްފި

359071_3_7ac98c3bdb224e500813bc6120a5e51f2149b52c_large

ގަން އިންޓަނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ މި މަޝްރޫއުގެ އެއްބަސްވުމުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ ފަރާތުން އެެއާޕޯޓްގެ މެނޭޖިންގް ޑައިރެކްޓަރ ގައިސް ނަސީރު ސޮއިކުރެއްވިއިރު، ރެނާޓަސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ސެލްވަސުންދަރަމްއެވެ.

މި މަޝްރޫއުގެ ދަށުން 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭ ފެންވަރުގެ ޓާމިނަލް އަކާއި، ޑިއުޓީ ފިހާރަތަކާއި، ރެސްޓޯރަންޓްތަކުގެ އިތުރުން ލައުންޖުތަކާއި، ކޯލްޑް ސްޓޯރޭޖާއެކު ކާގޯ ވަސީލަތްތައްވެސް ގާއިމުކުރާނެއެވެ.

މީގެއިތުރުން ކޮންޓްރޯލް ޓަވަރާއި، ފަޔާ ސްޓޭޝަނާއި، މަގުތަކާއި، ޕާކިން ސަރަހައްދެއްވެސް ގާއިމުކުރާނެއެވެ.

މި މަޝްރޫއަށް 29.7 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *