އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓް ނިންމާ އާންމުންނަށް ހުޅުވާލައިފިއެވެ.
އާރްޑީސީން ބުނީ، އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓް ނިންމުމަށްފަހު ހުޅުވާލާފައިވާ ކަމަށާއި، ނަމަވެސް ފިނިޝިން ބައެއް މަސައްކަތްތައް ކުރިޔަށްދާ ކަމަށެވެ.
އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓް ނިމިފައިވާއިރު، ސެގްމަންޓް 4 އަދި ސެގްމަންޓް 5 ގެ މަސައްކަތް އާރްޑީސީން އަންނަނީ ކުރަމުންނެވެ. މިގޮތުން ސެގްމަންޓް 4 ގައި ދުވާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ސެގްމަންޓް 5 ގައި ގައުތައް ނެގުމަށްފަހު މަގު ކޮނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.