ހުރިހާ ދާއިރާއެއްގެ މުސާރަތައް އެއްހަމަކޮށް ނިމިއްޖެ: ޕޭ ކޮމިޝަން

svwe

ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ މުސާރަ އެއްހަމަ ކުރުމަށް ކުރަމުންދިޔަ މަސައްކަތް ނިމިފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ.މުހައްމަދު ފައިޒަލް ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުހައްމަދު ފައިޒަލް ވިދާޅުވީ، ދައުލަތުގެ އައު ޕޭ ފްރޭމްވޯކްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށައި، މިގޮތުން މުސާރަތަކަށް ބަދަލުތައް ގެންނަމުންދާނީ މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

ތައުލީމީ ދާއިރާ އާއި ޔުނިވާސިޓީ ދާއިރާގެ މުސާރަ ބޮޑުކޮށްފައިވާއިރު، އަންނަ މޭއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުސާރަވެސް ބޮޑުވެގެންދާނެކަން ފާހަގަކުރައްވާ ޑރ.މުހައްމަދު ފައިޒަލް ވިދާޅުވީ، އެ ބަދަލުތަކާއެކު މުސާރަ އެއްހަމަ ކުރުމަށް ކުރާ މަސައްކަތުގެ ބޮޑުބައެއް ނިމިގެންދާނެ ކަމަށެވެ.

މީގެއިތުރުން ދާއިރާތަކުގެ މުސާރައަށް ހެޔޮ ބަދަލު ގެންނަނީ އެ ދާއިރާއަކުން އެއްވެސް މުވައްޒަފަކު ބާކީ ނުވާނެ ގޮތަށް ކަމަށްވެސް ޑރ.މުހައްމަދު ފައިޒަލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *