7 ހޮސްޕިޓަލެއްގެ މަސައްކަތް މި ހަފްތާގައި ހަވާލުކުރެވޭނެ: އަމީރު

283074_5fafda1f-f_

ރާއްޖޭގެ ހަތް ރަށެއްގައި ހޮސްޕިޓަލް އެޅުމުގެ މަސައްކަތް މި ހަފްތާ ތެރޭގައި ހަވާލު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އަމީރު ވިދާޅުވީ، ކުވައިތު ފަންޑުގެ އެހީގައި ހަތް ހޮސްޕިޓަލެއް އެޅުމަށް މި ހަފްތާގައި އެވޯޑުކޮށް، ނޯ އޮބްޖެކްޝަންއަށް ކުވައިތަށް ފަންޑަށް ފޮނުވާނެ ކަމަށެވެ.

މިގޮތުން މިނިސްޓަރ އަމީރު ވިދާޅުވީ، މި ހޮސްޕިޓަލްތަކުގެ އިވެލުއޭޝަން މަސައްކަތްވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ.

ކުވައިތު ފަންޑުގެ އެހީގައި އެޅުމަށް ހަމަޖެހިފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލްތައް އެޅުމަށް ހަމަޖެހިފައި ވަނީ ހަތް އަތޮޅެއްގެ ހަތް ރަށެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *