އާގަލާ ބޯޓުން ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

4408

އަލިފާނުގެ ހާދިސާއެއް ހިނގައި ރޭ އަޑިޔަށްދިޔަ އާގަލާ ބޯޓުން ފެނުން މައްޗަށް އެރި ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، އާގަލާ ބޯޓުން ފެނުން މައްޗަށް އެރި ބައެއް ތަކެތި މ.އަތޮޅު ކައިރިން އުތުރަށް އޮޔާ ދަމުންދާ ކަމަށާއި، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މީގެއިތުރުން ރޭގަނޑު ގަޑީގައި މ.އަތޮޅު ކައިރިން އުތުރަށް ދަތުރުކުރާ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށްވެސް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވެ އަޑިޔަށްދިޔަ ހާދިސާގައި ބޯޓުގައި ތިބި 15 މީހުންގެ ތެރެއިން ބިދޭސީއަކު ވަނީ ގެއްލިފައެވެ. އަދި އޭނާ ހޯދުމަށް ވައިގެ މަގުންނާއި، ކަނޑުގެ މަގުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *