ކ.ހިންމަފުށީގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށްފި

photo_2023-03-07_12-27-21

ކ.ހިންމަފުށީގެ ކަރަންޓް ކެޕޭސިޓީ ސްޓެލްކޯއިން އިތުރުކޮށްފިއެވެ.

ސްޓެލްކޯ އިން ބުނީ، ހިންމަފުއްޓަށް 800KW ގެ އައު ޖެނަރޭޓަރު ސެޓެއް ގެންގޮސް ކޮމިޝަންކޮށް، ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

މިއާއެކު، ހިންމަފުށީގެ ކަރަންޓް ކެޕޭސިޓީ 1،450KW އިން 2،050KW އަށް އިތުރު ކުރެވިފައިވާ ކަމަށްވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މި ސަރުކާރުން އަންނަނީ ރަށްރަށުގެ ކަރަންޓް ކެޕޭސިޓީ އިތުރުކޮށް، ޒަމާންތަކެއްވަންދެން އޮތް ކަރަންޓް ކެނޑުމުގެ ތަކުލީފަށް ހައްލު ގެނެސްދީފައެެވެ.

Leave a Reply

Your email address will not be published. Required fields are marked *