61 ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ: އިމްރާން 

gegbve

އަތޮޅު ތެރޭގައި ގާއިމުކުރާ 61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް މި މަހު ފެށޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ އިމްރާން ވިދާޅުވީ، އަތޮޅު ތެރޭގައި ގާއިމުކުރާ 61 ޕޮލިސް ސްޓޭޝަންގެ މަސައްކަތަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ޕްރޮސެސް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ކުރަމުން އަންނަ ކަމަށާއި، ކުރިޔަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެކަން ނިމޭނެ ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް އެޑްވާންސް ޕޭމަންޓް ދައްކާތާ 15 ދުވަހުގެ ތެރޭގައި ފަށަން ޖެހޭކަން ފާހަގަކުރައްވާ މިނިސްޓަރ އިމްރާން ވިދާޅުވީ، މި މަހު 25 ހިސާބުގައި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުން މިނިސްޓަރ އިމްރާން ވިދާޅުވީ، މަޝްރޫއުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 61 ޕޮލިސް ސްޓޭޝަންގެ މަސައްކަތް ކުރިޔަށް ގެންދާނީ އެކި ބައިތަކަށް ބަހާލައިގެން ކަމަށާއި، މަޝްރޫއުގެ ދަށުން 57 ރަށުގައި 61 ޕޮލިސް ސްޓޭޝަން ގާއިމު ކުރެވިގެންދާނެ ކަމަށެވެ.

އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ޖޭވީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓަށް 48 މިލިއަން ޑޮލަރު ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *