އާގަލާ ބޯޓުން ގެއްލުނު މީހާ ހޯދުން ކުރިއަށް، އަދިވެސް ނުފެނޭ!

Fqfc9JoXwAIj_fC

އާގަލާ ބޯޓު ރޯވެ، އެ ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ބުނީ، ގެއްލުނު މީހާ ހޯދަން އިއްޔެ ކަނޑާއި ވައިގެ މަގުން 332.35 އަކަމީޓަރުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށާއި، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުން ކަމަށެވެ.

މި ހާދިސާ ހިނގިއިރު ބޯޓުގައި 15 މީހުން ތިބިއިރު، އޭގެ ތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި، ފަސް ބަންގްލަދޭޝް މީހުންގެ އިތުރުން ފަސް އިންޑިއާ މީހުންނެވެ. އަދި ހާދިސާގައި ގެއްލިފައި ވަނީ އިންޑިއާ މީހެކެވެ.

އާގަލާ ބޯޓުގައި އަލިފާން ރޯވީ ގިނަ އަދަދެއްގެ މުދަލާ އެކު އައްޑޫއިން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް މ. ތުވަރު ކައިރިން އިއްޔެ ރޭ ދަންވަރެވެ.

Leave a Reply

Your email address will not be published. Required fields are marked *