ރައީސް ސޯލިހު ސާބިއާގެ ރައީސްއާ ބައްދަލުކުރައްވައިފި

ebebb

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސާބިއާގެ ރައީސް އެލެގްޒެންޑަރ ވުޗިޗްއާ ބައްދަލުކުރައްވައިފިއެވެ.

ރައީސް ސޯލިހު، ސާބިއާގެ ރައީސްއާ މި ބައްދަލުކުރެއްވީ ގަތަރުގެ ވެރިރަށް ދޯހާގައި ކުރިޔަށްދާ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ސާބިއާ އާއި ރާއްޖެއާ ދެމެދުގައިއޮތް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންވެސް ވަނީ މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައެވެ.

މި ކޮންފަރެންސަށްފަހު ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ ސާބިއާއަށެވެ. އަދި އެއަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގަންނަވާނީ ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ ރައީސްއާ ބައްދަލުކުރެއްވުމަށް ފަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *