ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދޮންނަ މެޝިނެއް ތެރޭގައި ފޮރުވާފައި ހުރި 4 ކިލޯ ހެރޮއިން އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރިކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ފުލުހުން ވަނީ އޮޕަރޭޝަންއެއް ހިންގައި، ފޮރުވާފައި ހުއްޓައި 4.097 ކިލޯގެ ހެރޮއިން އަތުލައިގަނެފައި ކަމަށެވެ.
މި މައްސަލާގައި ފުލުހުން ވަނީ 10 ތަނެއް ބަލައި ފާސްކޮށް، ފަސް މީހަކު ހައްޔަރު ކޮށްފައި ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
Post Views: 89