ޅ.ހިންނަވަރު މަގު ހެދުން: 2 މަގެއްގައި ކާބް ސްޓޯން ޖެހުން ނިމިއްޖެ

egdbv

ޅ.ހިންނަވަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 2 މަގެއްގައި ކާބް ސްޓޯން ޖެހުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އާރްޑީސީއިން ބުނެފިއެވެ.

އާރްޑީސީން ބުނީ، މަޝްރޫއުގެ ދަށުން ދެ މަގެއްގައި ކާބް ސްޓޯން ޖެހުން ނިންމައި، ތިން މަގެއްގައި ކާބް ސްޓޯން ޖެހުމުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

މީގެއިތުރުން މަޝްރޫއުގެ ދަށުން ކާމިނީ މަގުގައި ޓްރީޕީޓް އާއި ކީވޯލް ހެދުންވެސް ކުރިޔަށްދާ ކަމަށް އެ އާރްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 7.125 ކިލޯ މީޓަރުގެ 8 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގު ބައްތިވެސް މަޝްރޫއުގެ ދަށުން ކުރިޔަށްދާނެއެވެ.

މި މަޝްރޫއަށް 122 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *