ހއ.ހޯރަފުށީ މަގު ހެދުމުގެ 80 އިންސައްތަ ނިމިއްޖެ

nrnrn

ހއ.ހޯރަފުށީ މަގު ހެދުމުގެ މަޝްރޫއުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން ސަބްގްރޭޑް، ސަބްބޭސް، އަދި ތާރު އެޅުމުގެ މަސައްކަތުގެ 94 އިންސައްތަ ނިމިފައިވާ ކަމަށައި، އަދި މުޅި މަސައްކަތުގެ 80 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުން އަދި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއަކީ 67.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *