އަންހެނުންގެ ދުވަހާ ގުޅުވައިގެން އެޗްޑީސީން ހާއްސަ ހަރަކާތެއް ބާއްވައިފި

rnrnjj,jpeg

ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެޗްޑީސީ އާއި، ޖެންޑަރ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާ ގުޅިގެން ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފިއެވެ.

ވިމެން ޔުނައިޓް- ޑިޖިޓަލްގެ ނަމުގައި ފަރުކޮޅުފުށީގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މި އަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" އާ ގުޅުވައިގެންނެވެ. އަދި ނެޓްވޯކިންގގެ ގިނަ ހަރަކާތްތަކާއި، ޕެނަލް ޑިސްކަޝަނެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިޔަށް ގެންދެވިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި އެ ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއްކަން ފާހަގަކޮށް އެޗްޑިސީން ބުނީ ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްއުޅުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން އަންނަ ކަމެެއް ކަމަށެވެ.

ޓެކްނޮލޮޖީ ދާއިރާއާއި އަދި މި ނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދެވުމަކީ އެޗްޑީސީގެ އަމާޒުކަމުގައި އެ ކޯޕަރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *