ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރާތީ ހެންވޭރާއި، ގަލޮޅުން ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ

1548356916

ސްޓެލްކޯގެ ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހެންވޭރާއި، ގަލޮޅުގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ، ހެންވޭރުގެ ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގު އަދި މެހެލި ގޯޅިއާއި، ފިލިގަސް މަގާއި، ސަނދުބަރަކަ ގޯޅީގެ އިތުރުން ރޯޝަނީ މަގާއި، ގަލަދުން ގޯޅިން މިއަދު މެންދުރު 14:30 އިން 17:30 އަށްކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން މިއަދު މެންދުރު 14:00 އިން 16:30 އަށް ގަލޮޅުގެ އަލިކިލެގެފާނު މަގާއި، ބޮކަރުމާ ގޯޅި، ހިތަށްފިނިވާމަގު، އަދި ކަޅުހުރާ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން އަންނަނީ މާލޭގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އެ ކުންފުނިން ވަނީ ގިނަ ރަށްތަކުގެ ކަރަންޓް ކެޕޭސިޓީވެސް އިތުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *