ރޯދައަށް އަމާޒުކޮށް އެސްޓީއޯއިން 6 ޝިޕްމަންޓެއް ގެންނާނެ: މިއުވާން

large_16638399546ldGv

ރޯދަ މަހަށް އަމާޒުކޮށް އެސްޓީއޯއިން ހަ ޝިޕްމަންޓެއް ގެންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާލުވީ، ރޯދަ މަހު މުދާ ހުސްވެނުދިޔުމަށް ޑިމާންޑް އެންޑް ސަޕްލައިއަށް ބަލައިގެން ޖުމްލަ ހަ ޝިޕްމަންޓެއް ގެނައުމަށް ވަނީ ރޭވިފައި ކަމަށެވެ.

އެސްޓީއޯއިން ގެންނަ ޝިޕްމަންޓްތަކުގައި ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހުންނާނެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ، ފުރަތަމަ ޝިޕްމަންޓް ހުސްވި މަހު 27 ވަނަ ދުވަހު ގެނެސްފައިވާ ކަމަށެވެ.

މިގޮތުން ފުރަތަމަ ގެނައި ޝިޕްމަންޓުން ބައެއް ތަކެތި އެސްޓީއޯގެ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން މިހާރު ވިއްކަމުންދާ ކަމަށާއި، އަދި މުދާތައް ވިހާވެސް ފަސޭހައިން ލިބޭނެ އިންތިޒާމުތައް އެސްޓީއޯއިން ހަމަޖައްސަމުން އަންނަ ކަމަށް މިއުވާން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *