ސްޓޫޑެންޓް ލޯނަށް އެޕްލައިކުރަން ބާކީ 4 ދުވަސް!

182641_4_0a343c50ea06f4d445ac46ea78a54714677d1b7f_large

މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ، ސްޓޫޑެންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު މި ހިނގާ މާޗު މަހުގެ 15 ވާ ބުދަ ދުވަހުގެ މެންދުރު 13:30 ގައި ހަމަވާނެ ކަމަށެވެ.

ހަޔަރ އެޑިއުކޭޝަނުން ސްޓޫޑެންޓް ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުޞަތު އިތުރުކޮށް، ޖުމްލަ 720 ފުރުސަތު ހަޔަރ އެޑިއުކޭޝަނުން ވަނީ ހުޅުވާލާފައެވެ.

ސްޓޫޑެންޓް ލޯނަށް އެދި ހުށަހަޅަންޖެހޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ myedu.egov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *