ދ.ކުޑަހުވަދޫ މަގު ހެދުން: އޯކިޑު މަގުގެ މަސައްކަތް ކުރިއަށް

bnrntm

ދ.ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑު މަގުގެ މަސައްކަތް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން އޯކިޑު މަގުގައި ސްޓޯމް ވޯޓަރ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައި ކަމަށެވެ.

މިއާއެކު، މިވަގުތު މި މަޝްރޫއުގެ ދަށުން ކުރިޔަށްދަނީ އޯކިޑު މަގުގައި ސްޓޯރމް ވޯޓަރ ޖަންކްޝަންތައް ބެހެއްޓުމުގެ މަސައްކަތް ކަމަށް އާރްޑީސީން ވަނީ ބުނެފައެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ރަށުގެ މަގު ތަރައްގީކުރުމުގެ މަޝްރޫގެ ދެވަނަ ފިޔަވަހި އާރްޑީސީއާ ހަވާލުކޮށްފައިވާއިރު، މި މަޝްރޫގެ ދަށުން 5.8 ކިލޯމީޓަރުގެ މަގުގެ ތާރު އަޅާނެއެވެ.

މީގެއިތުރުން ފެން ހިންދާ ނިޒާމު ގާއިމުކޮށް، މަގު ބައްތި ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއަށް 122.86 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *