ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ޝާޒް ކާމިޔާބުކުރައްވައިފި

242018226-2357390607728928-6938024172443716971-n-876x657

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ އިބްރާހިމް ޝާޒް ކާމިޔާބު ކުރައްވައިފިއެވެ.

މި ޕްރައިމަރީ ޝާޒް ކާމިޔާބުކުރެއްވީ ތިން ކެންޑިޑޭޓުންނާ ވާދަކޮށް ކުރިހޯދައިގެންނެވެ. އެއީ ސަލްމާން ރަޝީދާއި، އަބްދުﷲ ސައީދުގެ އިތުރުން މުހައްމަދު މުސްތަފާއާ ވާދަކުރައްވައިގެންނެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ:

  1. ޝާޒް – 311
  2. ސަލްމާން – 190
  3. މުސްތަފާ – 66
  4. އަބްދުﷲ – 15

ގުރައިދޫ ދާއިރާ ބައި-އިލެކްޝަންގައި ވާދަކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައެވެ. އަދި ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *