ކޮމިއުނިޓީ ސޭފްޓީ ޕްރޮގްރާމް ހިންގަން 5 ފަރާތަކާއެކު ސޮއިކޮށްފި

04_7177a694d1

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން މި އަހަރަށް ހާއްސަކޮށްގެން "ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް" ޕްރޮގްރާމްގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ފަސް ފަރާތަކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސޮއިކޮށްފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮމިއުނިޓީ އެންގޭޖްމަންޓުގެ ގޯލްޑް ސްޕޮންސަރ ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީ، މީޑިއާ ޕާޓްނަރ އެސް.އެސް ޓީވީ، އެސޯސިއޭޓް ޕާޓްނަރ ސިމްޑީ ކޮމްޕެނީ، އެސޯސިއޭޓް ޕާޓްނަރ އައިކެއަރ އޮޕްޓިކަލްސް، އަދި ޕާޓްނަރ އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީއާ ދެމެދުއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ފަހުމުނާމާތަކުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. ސޮލަރެލް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ދީޕްތާ ދިއަސް ސޮއިކުރައްވާފައިވާއިރު، އެސްއެސް ޓީވީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ޗީފް ކޮންޓެންޓް އޮފިސަރ މުޙައްމަދު ޒަހީންއެވެ. އަދި ސިމްޑީ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ޔޫޝައު ސައީދުއެވެ.

މީގެއިތުރުން އައިކެއަރ އޮޕްޓިކަލްސްގެ ފަރާތުން ސޮއިކުރެއްވީ މާކެޓިންގ އެންޑް ބިޒްނަސް މެނޭޖަރ އަޒްމާ ޢަބްދުލް ފައްތާހު ސޮއިކުރެއްވިއިރު، އެންލައިޓްން އަ މައިންޑްފުލް ކޮމިއުނިޓީގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޯ ފައުންޑިންގ ޕްރެޒިޑެންޓް އާމިނަތު ރީމާއެވެ.

މިއަދު މި ސޮއިކުރެވުނު ކޮމިއުނިޓީ ސޭފްޓީ ޕާޓްނަރޝިޕް އެއްބަސްވުމުގެ ދަށުން ކޮމިއުނިޓީ އެންގޭޖްމަންޓު ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *