4 ރަށެއްގައި ތަރައްގީގެ މަޝްރޫއު ހިންގަން އެމްޓީސީސީއަށް

5

ހަތަރު ރަށެއްގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، ހދ.ކުޅުދުއްފުށީ ޖެޓީ އެކްސްޓެންޝަން މަޝްރޫއާއި، ކ.ހިންމަފުށި ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އިތުރުން ނ.ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 240 ދުވަހުން ނިންމަން 24.885 ރުފިޔާއަށެވެ. އަދި ކުޅުދުއްފުށީ ޖެޓީ އެކްސްޓެންޝަން މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 250 ދުވަހުން ނިންމަން 13.07 މިލިއަން ރުފިޔާއަށެވެ.

މީގެއިތުރުން ކ.ހިންމަފުށީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 180 ދުވަހުން ނިންމަން 11.80 މިލިއަން ރުފިޔާއަށެވެ. އަދި ނ.ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަހުން ނިންމަން 79.02 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ. އަދި މިއަދުރު ތެރޭގައި އެ ކުންފުނިން ވަނީ ހަވާލުވި ގިނަ މަޝްރޫއުތައް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *