ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު ނުވަ ލައްކަ ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ބުނީ، މި މަހުގެ ހަތް ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖުތައް ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައި ވަނީ އިނގިރޭސިވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖަކުން ކަމަށެވެ.
މި މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރިއިރު އެ ތަކެތީގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 520 ގްރާމް ހުރި ކަމަށެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މަސްތުވާތަކެތި ހުރި ޕެކޭޖް ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކޮށްފައި ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
Post Views: 83