ރޯދަ މަހު ހަވީރު 4:30 އިން ރޭގަނޑު 8 ޖަހަންދެން މުދާ އުފުލުން މަނާ!

178231_3_8fbc495a2a8e8933aadf500c5faffca7f77641a7_large

ކުރިޔަށް އޮތް ރޯދަ މަހު ހަވީރު 4:30 އިން ރޭގަނޑު 08:00 ޖަހަންދެން ގަނޑުކޮށް މުދާ އެއްވެސް އުޅަނދެއްގައި ފިޔަފާރި އުސޫލުން އުފުލުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރޯދަ މަހު މުދާ އުފުލުމަށް ކަނޑައަޅާފައިވާ ވަގުތަކީ ހެނދުނު 09:00 އިން ފެށިގެން ހަވީރު 4:30 އަށާއި، ރޭގަނޑު 8:00 އިން ހެނދުނު 06:00 އަށް ކަމަށެވެ.

މީގެއިތުރުން ބްރިޖުން މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ތަކެތި ގެންދެވޭނެ ކަމަށާއި، ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.

ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށް ވެސް ކައްކާ ގޭހާއި ފެން އުފުލޭނެ ކަމަށް ފާހަގަކުރަމުން ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، އެނޫން ވަގުތުތަކުގައި އެތަކެތި ބްރިޖުން އުފުލުމަކީ މަނާކަމެއް ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ރޯދަ މަހު މާލެ ސަރަހައްދުގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލާ ގަޑިތަކާ ހިލާފްވާ ނަމަ 750ރ. އިން ޖޫރިމަނާ ކުރާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *