ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

hrh

މި ސަރުކާރުން ތަރައްގީކުރި ފަރެސްމާތޮޑާ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފިއެވެ.

ޓެސްޓް ފްލައިޓެއްގެ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސާފައި ވަނީ މޯލްޑިވިއަންގެ ޑޭޝް 8 – 300 މަރުކާގެ ބޯޓެކެވެ.

މި އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސާފައިވާއިރު، އެއާޕޯޓު ރަސްމީކޮށް ހުޅުވާ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ ބުދަ ދުވަހުއެވެ. އަދި ހަފްތާއަކު ދެ ދަތުރު މޯލްޑިވިއަން އިން ފަރެސްމާތޮޑާއަށް ކުރާނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި 1،200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭއެއްގެ އިތުރުން އެޕްރަންއެއް ވަނީ ހަދާފައެވެ. އަދި ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއްގެ އިތުރުން ފަޔަރ ބިލްޑިންގްއެއްވެސް ވަނީ އިމާރާތް ކޮށްފައެވެ.

ރަނގަޅު ފެންވަރެއްގެ ޓާމިނަލްއެއް ފަރެސްމާތޮޑާ އެއާޕޯޓްގައި ވަނީ ގާއިމުކޮށްފައެވެ. އަދި އެ އެއާޕޯޓުން ޑޮމެސްޓިކް އެއާޕޯޓަކުން ލިބޭ ހުރިހާ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއަށް 144.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *