ކޮމަންވެލްތު ދުވަހުގެ ހެޔޮ އެދުންތައް ކިންގް ޗާރލްސްއަށް ފޮނުއްވައިފި

large_166361232752Fex3

ކޮމަންވެލްތު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިނގިރޭސިވިލަތާއި ކޮމަންވެލްތްގެ ރަސްގެފާނު ޗާރލްސް އާއި ކޮމަންވެލްތްގައި ހިމެނޭ ގައުމުތަކާއި، ރައްޔިތުންނަށް ފޮނުއްވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގައި ކޮމަންވެލްތު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން އަބަދުވެސް ގުޅުން ދަަހައްޓާނެ ކަމަށާއި، އަދި ދެމެހެއްޓެނިވި އަމާން މުޖުތަމަޢުއެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގެ އަމާޒަށް ރާއްޖެއިންވެސް އެކުއެކީގައި މަސައްކަތްކުރުމުގައި ދެމިއޮންނާނެ ކަމަށެވެ.

މެދުކެނޑުމަކަށްފަހު ކޮމަންވެލްތްގެ މެންބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ މި ސަރުކާރުގައި 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *