"ރިހި އައްސޭރި 2023″ ޓޭބަލްޓޮޕް އެކްސަސައިޒް ކުރިއަށް ގެންގޮސްފި

284074_e38edb98-3_

ނޭޝަނަލް ޓެރަރިޒަމް ރެސްޕޮންސް ޕްލޭން (އެންޓީއާރުޕީ) އަށް އަމަލުކުރާ މިންވަރު ދެނެގަތުމުގެ ގޮތުން ރައީސް އޮފީހާއި، އިނގިރޭސި ހައިކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ ޓޭބަލްޓޮޕް އެކްސަސައިޒް "ރިހި އައްސޭރި 2023″ މި މާރިޗު މަހުގެ 12 އިން 13 އަށް މާލެ ސަރަހައްދުގައި ވަނީ ބާއްވާފައެވެ.

މިއީ ޓެރަރިޒަމްގެ ހާދިސާއަކަށް ސަރުކާރުގެ އިދާރާތައް ގުޅިގެން ދޭ އީޖާބަ ޓެސްޓު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އެކްސަސައިޒެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މި އެކްސަސައިޒްގެ މައިގަނޑު މަގްސަދަކީ އެންޓީއާރުޕީ ގައި އަލިއަޅުވާލާ ކުއްލި ހާލަތްތަކުގައި އީޖާބަދޭ ސަރުކާރުގެ އިދާރާތަކުގެ މެދުގައި އޮންނަ މުވާސަލާތީކަންކަމާއި ވިލަރެސްކުރުން ޓެސްޓުކޮށް، މިފަދަ ޙާލަތްތަކުގައި މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ ގާބިލުކަން ހަރުދަނާކުރުން ކަމަށާއި، އަދި މި މަގްސަދު ހާސިލުކުރުމަށް އިދާރާތަކަށް ބޭނުންވާނެ ތަމްރީނާއި އެކްސަސައިޒްތައް ދެނެގަނެ އިޖާބީ ހަރަކާތްތައް އިތުރަށް ފުރިހަމަކުރުން ކަމަށެވެ.

އެކްސަސައިޒް "ރިހި އައްސޭރި 2023″ އަކީ އެންޓީއާރުޕީ އަށް އަމަލުކުރުމަށް ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަން ގުޅިގެން ހިންގަމުންދާ ހަރަކާތްތަކުގެ ތެރެއިން އެންމެފަހުގެ ހަރަކާތެވެ. މި އެކްސަސައިޒްގައި ސަރުކާރުގެ 11 އިދާރާއެއްގެ އޮފިޝަލުން އެއްތަންވެ މަސައްކަތްކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *