ރޯދަ މަހު ސަރުކާރު މުވައްޒަފުން މަސައްކަތްކުރާނީ 4 ގަޑިއިރު

312613_3_f5c8322e377a53318e76f12d0578a590a302e741_large

މިފަހަރުގެ ރޯދަ މަހުވެސް ސަރުކާރު މުވައްޒަފުން މަސައްކަތްކުރާނީ ހަތަރު ގަޑިއިރު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، ރޯދަ މަހުގެ ހުރިހާ ދުވަހެއްގައި ސަރުކާރުގެ ރަސްމީ މަސައްކަތުގެ ގަޑިއަކީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ނިންމަވާފައެވެ.

މިގޮތުން އެ ދުވަސްތަކުގައި ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސް ސޯލިހު ވަނީ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *