އަމީނީ މަގުގެ 4 އަދި 5 ވަނަ ސެގްމަންޓްގެ މަސައްކަތް ކުރިއަށް!

888

އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 4 އަދި 5 ގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން ބުނީ، އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 5 ގައި މިވަގުތު ކުރިޔަށްދަނީ ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ކަމަށެވެ.

މީގެއިތުރުން ސެގްމަންޓް 4 ގައި ދުވާރުގެ މައިގަނޑު މަސައްކަތް ނިމިފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން 1.79 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މަޝްރޫއަށް 84.4 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *