މާދަމާއިން ފެށިގެން ފިހާރަތައް މެންދަމު 01:00 ޖަހަންދެން ހުޅުވޭނެ!

large_166498927831vrl2

މާދަމާއިން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް ފިހާރަތައް މެންދަމު 01:00 ޖަހަންދެން ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، އި މާދަމާއިން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހުގެ ނިޔަލަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 ޖަހަންދެން ކަމަށެވެ.

މީގެއިތުރުން ރޯދަ މަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ބުނީ، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަން ވާނީ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ރޯދަ މަހާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު އަމަލުކުރަން ޖެހޭ މި އުސޫލު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އަމަލު ކުރުމަށް ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *