ފަރެސްމާތޮޑާ އެއާޕޯޓް މާދަމާ ރައީސް ހުޅުވައިދެއްވަނީ

334233274_183420984402428_2585823589994018325_n

ގދ.ފަރެސްމާތޮޑާ އެއާޕޯޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ރަސްމީކޮށް ހުޅުވައިދެއްވުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ރައީސް ސޯލިހު މާދަމާ ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަށް އިއްޔެ ވަނީ ޓެސްޓް ފްލައިޓެއްގެ ގޮތުގައި މޯލްޑިވިއަންގެ ޑޭޝް 8 – 300 މަރުކާގެ ބޯޓެއް ކާމިޔާބު ކަމާއެކު ޖައްސާފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މާދަމާ ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވާއިރު، ހަފްތާއަކު ދެ ދަތުރު މޯލްޑިވިއަން އިން ފަރެސްމާތޮޑާއަށް ކުރާނެއެވެ.

ރަނގަޅު ފެންވަރެއްގެ ޓާމިނަލްއެއް ފަރެސްމާތޮޑާ އެއާޕޯޓްގައި ވަނީ ގާއިމުކޮށްފައެވެ. އަދި އެ އެއާޕޯޓުން ޑޮމެސްޓިކް އެއާޕޯޓަކުން ލިބޭ ހުރިހާ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ.

މި މަޝްރޫއަށް 144.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *