ގުރައިދޫ ދާއިރާ ބައި-އިލެކްޝަން: ޝާޒްއަށް ކެންޑިޑޭޓް ނަމްބަރު 2

FqyEXuqacAMG1vk

ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ފޯމް ހުށަހަޅާފައިވާ ތިން ކެންޑިޑޭޓުންގެ ނަން ގުރުއަތުން ތަރުތީބުކޮށްފިއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންއަށް ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ އިބްރާހިމް ޝާޒް އާއި، ޕީޕީއެމްގެ ހުސެއިން ރިޒާގެ އިތުރުން އެމްއެންޕީގެ އަލީ އާރިފްއެވެ.

އިލެކްޝަންސް ކޮމިޝަނުން ނަން ތަރުތީބު ކުރަން ނެގި ގުރުއަތުން ކެންޑޭޓް ނަމްބަރ 1 ހުސެއިން ރިޒާއަށް ލިބިފައިވާއިރު، ކެންޑިޑޭޓް ނަމްބަރ 2 ލިބުނީ ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަމްބަރ 3 ލިބިފައިވަނީ އަލީ އާރިފްއަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *