ހުޅުމާލެ ފޭސް 2 ގައި ކޮންޓެއިނާ ޑޭޓާ ސެންޓަރެއް!

4848

ހުޅުމާލޭ ފޭސް 2 ގައި އެޗްޑީސީން ކޮންޓެއިނާ ޑޭޓަ ސެންޓަރެއް ހުޅުވައިފިއެވެ.

އެޗްޑީސީން ބުނީ، ސްމާޓްކޮމް ބްރޭންޑްގެ ދަށުން ހުޅުވި މި ޑޭޓާ ސެންޓަރަކީ ޓިއާ 3 ގެ ކޮންޓެއިނާ ޑޭޓާ ސެންޓަރެއް ކަމަށާއި، އެ ޑޭޓާ ސެންޓަރުން އަހަރެއްގެ މައްޗަށް 99.982 އިންސަތަ އަޕްޓައިމް ހުންނާނެ ކަމަށެވެ.

މީގެއިތރުުން ކެޕޭސިޓީ އިތުރުކުރުމަށް މި ޑޭޓާ ސެންޓަރުގެ ސަބަބުން ފަސޭހަވެގެންދާއިރު، އެހެން ތަނަކަށް ޑޭޓާ ސެންޓަރު ބަދަލު ކުރާ ނަމަވެސް ފަސޭހަކަމާއެކު އެކަން ކުރެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ ޓެލެކޮމް އަދި ޑިޖިޓަލް އިންފްރާސްޓަރަކްޗާ ވަރުގަދަކޮށް ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އަމާޒުކޮށް އެޗްޑީސީން އަންނަނީ ގިނަ މަޝްރޫއުތައް އަންނަނީ ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *