ރައީސް ސޯލިހު ފަރެސްމާތޮޑާ އެއާޕޯޓް ރަސްމީކޮށް ހުޅުވައިދެއްވައިފި

84

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގދ.ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވައިދެއްވައިފިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ރައީސް ސޯލިހު ހުޅުވައިދެއްވީ ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމްގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންނެވިއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް މިއަދު ރަސްމީކޮށް ހުޅުވާފައިވާއިރު، މޯލްޑިވިއަން އިން ހަފްތާއަކު ދެ ދަތުރު ފަރެސްމާތޮޑާއަށް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަރެސްމާތޮޑާ އެއާޕޯޓްގައި ޑޮމެސްޓިކް އެއާޕޯޓަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވަނީ ގާއިމުކޮށްފައެވެ. މިގޮތުން ޒަމާނީ ޓާމިނަލްއަކާއި، ރޭގަނޑު ފްލައިޓް ޖެއްސޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މި މަޝްރޫއަށް 144.8 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *