މިފްކޯއަށް ގަނެފައިވާ 4 ބޯޓުން، 1 ބޯޓު އަންނަ މަހު ރާއްޖެ ގެނަންނީ

78

މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުމަށް އެ ކުންފުންޏަށް ގަނެފައިވާ ހަތަރު ބޯޓުގެ ތެރެއިން އެއް ބޯޓު އަންނަ މަހު ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، އެ ކުންފުންޏަށް ގަނެފައިވާ ބޯޓުތަކުގެ ތެރެއިން ޖަޒީރާ 103 އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ ގެނެވޭނެ ކަމަށާއި، އެ ބޯޓު ކޮރެއާއިން ރާއްޖެ އައުމަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.

ރާއްޖެ ގެންނަ ޖަޒީރާ 103 އަކީ ފަސޭހަކަމާއެކު ބޯޓުގެ ދެ ފަރާތުން މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ އަދި ދުވާލަކު 120 މެޓްރިކު ޓަަނުގެ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީގެ ބޯޓެކެވެ. އަދި 420 މެޓްރިކް ޓަނުގެ މަސް އެ ބޯޓުގައި ރައްކާ ކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *