ގދ.މަޑަވެލި އާއި ގދ.ނަޑެއްލާ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

85

ގދ.މަޑަވެލި އާއި ގދ.ނަޑެއްލާ ސިއްހީ މަރުކަޒުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ، ނަޑެއްލާ ސިއްހީ މަރުކަޒުގެ ޕޯރޓިކޯ ހެދުމުގެ މަސައްކަތް ނިއު ހިޔާ މޯލްޑިވްސްއާ ހަވާލުކުރީ 87 ދުވަހުން ނިންމަން 708,406.56 ރުފިޔާއަށް ކަމަށެވެ.

މީގެއިތުރުން މަޑަވެލި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކުރުމަށް ލައިކޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވާ ކަމަށާއި، މަޝްރޫއަށް 3.49 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީން އަންނަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބު ގެންނަވަރުގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *