ޅ.ކުރެންދޫގައި 50 ފްލެޓް އެޅުމަށް ހަވާލުކޮށްފި

360184_3_e4b573a4a5a02af660f35ad463e97ecbdd9de03f_large

ޅ.ކުރެންދޫގައި 10 ބުރީގެ އިމާރާތެއްގައި 50 ފްލެޓް އެޅުމަށް އެސްޖޭ ޓްރޭޑް އެންޑް ޕްރައިވެޓް ލިމިޑެޓާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ހައުސިން ޑިޕާޓްމަންޓުގެ  ޑިރެކްޓަރު ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިޔަށް ގެންދާ ގޮތަށް އެސްޖޭއާ މި މަސައްކަތް ހަވާލުކުރީ 8 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށެވެ. އަދި މަޝްރޫއަށް 95.98 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

މަޝްރޫއުގެ ދަށުން ކޮންމެ ފްލެޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިން ރޫމް، ބަދިގެ، ލޯންޑްރީ އަދި ގުދަނެއް ގާއިމުކުރާނެއެވެ. އަދި ލިފްޓެއްގެ އިތުރުން ގްރައުންޑް ފްލޯގައި ކޮމާޝަލް އޭރިއާއަކާއި، ބިލްޑިންގ ސާވިސް އޭރިއާއެއް ގާއިމުކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *