އެޗްޑީސީ ރޯދަޔަށް ތައްޔާރު!

5c41d116-556c-4811-bf89-79a6e0c9c4e0

ބަރަކާތްތެރި ރަމަޟަން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މަހަށް އެޗްޑީސީން އަންނަނީ ދީނީ ގޮތުންނާއި، އިޖުތިމާއީ އެކި ކަންކަމަށް ތަރައްޔާރީތަކެއް ވަމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާ އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ވާނީ ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައި ކަމށާއި، އަދި އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފައި ކަމަށެވެ. 

ހިޔާ ސަރަހައްދަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައްވަމުން އަންނަކަން ފާހަގަކޮށް އެޗްޑީސީން ބުނީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް މި ކުންފުނިން މިހާރު އަންނަނީ ކުރަމުންނެވެ.

މިކަމުގައި މި ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަ އިރު ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަށާއި، ރަމަޟާން މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް މި ކުންފިން ތައްޔާރުވެފައިވާއިރު، ހުކުރު ދުވަހު މި ކުންފުންނާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައިވާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ރަމަޟާން މަސް ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ބޭއްވުމަށް އެޗްޑިސީން ވަނީ ރާވާފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ވަނީ އެޗްޑީސީން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *