ރައީސް ސޯލިހު އެމްއާރްއެމްއާއެކު މަޝްވަރާކުރައްވައިފި

FrldBjFWcAA2MFl

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްއާރްއެމްއާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި އެމްއާރްއެމްގެ ފަރާތުން އެ ޕާޓީގެ ލީޑަރ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ، އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން، އެމްއާރްއެމްގެ ނައިބުރައީސް ޝަޒައިލް އަދި އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހުއާއެކު ބައިވެރިވެވަޑައިގެންނެވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްގެ އިތުރުން ރައީސްގެ ސޯޝަލް ޕޮލިސީ އެޑްވައިޒަރު ޑރ.މުސްތަފާ ލުތުފީއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ހިޔާލު ބަދަލު ކުރެއްވުމަށް ރައީސް ސޯލިހު ދެއްވި ފުރުސަތަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްވަރާ ބައްދަލުވުމުގައި ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި އެމްއާރްއެމް އިން ރައީސް ސޯލިހުއާ ކުރިޔަށް އޮތް ދުވަސްތަކުގައި އަނެއްކާވެސް ބައްދަލުކުރައްވާނެ ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *