ފަތުރުވެރިޔެއްގެ ކޭޝް ކާޑުން ވަގަށް ފިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފި

police1

ފަތުރުވެރިޔެއްގެ ދަބަހެއް ވަގަށް ނަގައި، އެ ދަބަހުގައި އޮތް ފަތުރުވެރިޔާގެ ކޭޝް ކާޑުން ފިޔަފާރި ކުރި މީހެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އާޓިފިޝަލް ބީޗުގައި އުޅުނު ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރި 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖުބަލައި މީހާ ދެނެގަތުމަށްފަހު ކަމަށާއި، ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން 5،000 އަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރި ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި އެ ތަކެތި ފުލުހުން ވަނީ ހޯދާފައި ކަމަށް އެ މުައްސަސާއިން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލަ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *