ޓެކްސީ ޑްރައިވަރު މަރާލިކަން އަދުހަމްގެ މައްޗަށް ސާބިތުވެއްޖެ

262788_3_389b98892ca0610f745b2a8a467280ac5e413c0e_large

ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަން، އެ މައްސަލައިގައި ދައުވާ ލިބޭ އަދުހަމް މުހައްމަދުގެ މައްޗަށް ސާބިތުވެއްޖެއެވެ.

ގާސިމްގެ ކަރަށް އަދުހަމް ވަޅިން ހަމަލާދީ އޭނާގެ ފުރާނަ ދުއްވަލާފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު ފޭރުމެއްގެ ތެރެއިންނެވެ.

މި މައްސަލާގައި ހުކުމް އިއްވަމުން ގާޒީ ނަދީމް ވިދާޅުވީ، ގާސިމް މަރާލި ސަރަޙައްދުން ފެނުނު ވަޅިން، މި މައްސަލާގައި ދައުވާލިބޭ އަދުހަމް މުޙައްމަދުގެ ޑީ.އެން.އޭ ފެނިފައިވާތީ ވަޅި ހެރިކަމާއިމެދު އެއްވެސް ޝައްކެތް ނެތް މިންވަރަށް ޔަގީން ވެފައިވާކަމަށެވެ.

މިއާއެކު، އަދުހަމްގެ މައްޗަށް އުފުލި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ވަނީ ޝައްކެތް ނެތް މިންވަރަށް ސާބިތުވެފައެވެ.

މި މައްސަލާގައި ދެން އޮންނާނީ ވާރިސުންގެ ބަސް ނެގުމަށްފަހު ހުކުމް ކުރުމެވެ.

Leave a Reply

Your email address will not be published. Required fields are marked *