ރައީސް އަރިހަށް ބަޓެލްކޯގެ ޗެއަރ އިހުތިރާމްގެ ޒިޔާރަތެއް!

285968_eeee0e90-d_

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް، ބަހްރައިން ޓެލެކޮމިޔުނިކޭޝަންސް ކޮމްޕެނީ (ބަޓެލްކޯ) ގެ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ހަލީފާ އަލްހަލީފާ އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސް ސޯލިހު އާއި، ބަޓެލްކޯގެ ޗެއާމަން ވަނީ، ރާއްޖޭގެ ޑިޖިޓަލް ލޭންޑް ސްކޭޕް ފުޅާކޮށް އިތުރަށް ހަރުދަނާކުރެއްވުމަށް، އިތުރު ދާއިރާތަކުން ގުޅުން ބަދަހި ކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން ސަރުކާރުން ޓެލެކޮމިއުނިކޭޝަން ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ކަންކަން ހިއްސާކުރައްވައި، އެކަންކަން ކާމިޔާބު ކުރެއްވުމުގައި، ބަޓެލްކޯގެ މެނޭޖްމަންޓުން ދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ސޯލިހު އާއި ބަޓެލްކޯ ޗެއަރމަން ޝައިޚް ޢަބްދުﷲ ބިން ޚަލީފާ އަލްޚަލީފާ މިބައްދަލުކުރެއްވުން ނިންމަވާލެއްވީ، ކުރިޔަށް އޮތްތަނުގައިވެސް އެކުގައި ގާތުން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *