ފައިހްގެ މައްސަލައިގައި 3 މީހެއްގެ ބަންދަށް 15 ދުވަސް!

large_147437854348S5iE

މާރާމާރީއެއްގެ މައްސަލައިގައި ފުލުހުން ހޯދަމުން އަންނަ ސ. މަރަދޫ، ރަށްދެބައިގެ، އިބްރާހީމް ފައިޙު ނިޒާމް ފޮރުވައިގެން ގެންގުޅޭ މައްސަލައިގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފައިހް ފޮރުވައިގެން ގެންގުޅޭކަމުގެ ތުހުމަތުގައި ފަސް މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތުގައެވެ.

ހައްޔަރުކުރި ފަސް މީހުން ކޯޓަށް ހާޒިރު ކުރުމުން ގާޒީ ވަނީ އެ ތަނުން ދެ މީހުން ދޫކޮށްލައި، ބާކީ ތިން މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ފައިހް ހޯދުމަށް މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އިއުލާން ކޮށްފައިވާއިރު، އަދިވެސް އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *