އިންތިހާބާ ހަމައަށް އެކުގައި ނުތިބެވޭނަމަ ކޯލިޝަން އެގްރީމަންޓް ނިމުމަކަށް ގެންނަންޖެހޭ: ރައީސް

Frv-1H7aYAE_HER

ކުރިޔަށް އޮތް ރިޔާސީ އިންތިހާބާ ހަމަޔަށް އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު އާ ކޯލިޝަން ޕާޓްނަރުން ކަމަށްވާ އަދާލަތު ޕާޓީ އަދި އެމްޑީޕީގެ ލީޑަރުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، އެއްބަސްވުންތައް ވާން ޖެހޭނީ ތަންފީޒުކުރެވޭ އެއްބަސްވުންތަކަށް ކަމަށާއި، އެ އެއްބަސްވުން ތަންފީޒު ނުކުރެވޭނަމަ އޭގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.

"ހިޔާލު ތަފާތުވާ ބަޔަކާއެކު ނިންމުންތަކެއް ނިންމަން އުނދަގޫ ވާނެ" ރައީސް ސޯލިހު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ، ޖޭޕީން ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމުމަކީ އެ ޕާޓީގެ އެތެރޭގެ ނިންމުމެއް ކަމަށާއި، ކޯލިޝަން ހެދުމަށް އެދި ފޮނުވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވަނީ އެމަނިކުފާނަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީ، އަދާލަތު، އެމްއާރްއެމް އަދި އެމްޑީއޭއަށް ދީފައެވެ.

ރައީސް ސޯލިހު ދެއްވި ދައުވަތު ގަބޫލުކުރައްވާ އަދާލަތު އަދި އެމްޑީއިން އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާއިރު، ޖޭޕީން ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. އަދި އެމްއާރްއެމްއިން ވަކި ގޮތެއް ނުނިންމައެވެ.

Leave a Reply

Your email address will not be published. Required fields are marked *