ރޯދަ މަހުގެ ބޭނުން ހެޔޮކޮށް ހިފައި، އަޅުގަކުގައި ހީވާގިވެ އުޅުމަށް ރައީސްގެ އިލްތިމާސް

287031_4e4cb0f7-6_

މި ބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި، އަޅުކަންތަކުގައި ހިވާގިވެ އުޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.

ރަމަޟާން މަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިއްޔާގައި ރައީސް ސޯލިހު ވިދާޅުވީ، މާޔް މައްސަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީޙް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ.

މިއާއެކު، މި މައްސަރަކީ، ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހެއްދެވުމަށާއި، މައިންބަފައިންނާއި ޢާއިލާގައި ތިބި ޢުމުރުން ދުވަސްމީ މީހުންނާ އެކުގައި ވަގުތު ހޭދަކޮށް، އެމީހުންގެ އުދާސްތަކަށް ލުޔެއް ހޯދައިދެވޭތޯ ގަދައަޅައި މަސައްކަތް ކުރަމަށްވެސް ރައީސް ސޯލިހު ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ސޯލިހުގެ ޚިޠާބުގައި އިތުރަށް ވިދާޅުވީ، ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށެވެ. އަދި ރޯދައިގެ އިޖްތިމާޢީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ޞުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުން ކަމުގައިވެސް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ.

މީގެއިތުރުން ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށާއި، އެ ގުޅުން ކެނޑިގެން ނުދާނެ ގޮތުގެ މަތިން، ދުނިޔަވީ ދިރިއުޅުމުގެ ކަންތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގެ މަތިވެރި ފިލާވަޅު ކަމަށް ރައީސް ސޯލިހު ވަނީ ވިދާލުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *