ސައުދީން ލިބުނު ކަދުރު ހަވާލުކުރަން ފަށާނީ އާދީއްތަ ދުވަހު!

big-xvergm8hh5r9k1mhbtacnux8e-1024x683-1-876x584

ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު އާދީއްތަ ދުވަހުން ފެށިގެން ހަވާލުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިދިޔަ އަހަރު އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރީގުރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރު ދިނުމަށްފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށެވެ.

މިއާއެކު، ސައުދީން މިފަހަރު ރާއްޖެއަށް ހަދިޔާކުރި ކަދުރު ފަގީރުންނަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕެކެޓް ކަދުރު ކަމަށާއި، ގޭބިސީތަކަށް ކަދުރު ބަހާނީ، ކަދުރާ ހަވާލުވާ މީހެއްގެ އައިޑީކާޑު ބެލުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް އިސްލާމީ މަރުކަޒުން ކަމަށް އ ެމިނިސްޓްރީން ބުނެއެވެ. އަދި ރަށްރަށަށް އަތޮޅުތެރެއިން ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް މެދުވެރިކޮށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ކަދުރާ ހަވާލުވުމަށް ކައުންސިލްތަކާއި، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ރައްޔިތުންނަށް ރޯދަ މަހު ސަރުކާރުން ރަސްމީ ދުވަސްތަކުގައި ހެނދުނު 09:30 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވުމަށް މިނިސްޓްރީން އެދެއެވެ.

މީގެއިތުރުން ކަދުރު ބަހާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *