ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

big_2e9unrAPR39CJWOIgGQYwrwcI

1444 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، 01 ރަމަޟާން 1444 (23 މާރިޗު 2023) ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 1444 (18 އޭޕްރިލް 2023) ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުންދާނެ ކަމަށެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް 26 މާރިޗް 2023 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ  ދުވަހެއްގެ ހެނދުނު 10:00 އިން 13:00 އަށް ކަމަށާއި، އަދި ކައުންސިލްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ 04 ރަމަޟާން 1444 ވަނަ ދުވަހުން ފެށިގެން 27 ރަމަޟާން 144 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް،  މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ،  ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީން ބުނީ، ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތްދެއްކޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *