އައްޑޫ މޭޔަރ ވިދާޅުވީ ރައީސް ނަޝީދަކީ 2 މޫނުގެ ވެރިއެއް ކަމަށް!

0E2TTFWaJQhqeQrVrnMA4wJm0n2ZEjt0HhwgPjqM

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ދެ މޫނުގެ ވެރިއެއް ކަމަށް އައްޑޫ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގެ މަޖިލިސް މެމްބަރުންނާއި، ކައުންސިލް މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ނިޒާރު ވިދާޅުވީ، ރައީސް ނަޝީދު ދެމޫނުގެ ވެރިއަކަށްވެ ހުރެ ދައްކަވާ ވާހަކައަށް އިތުބާރު ނުކުރާ ކަމަށެވެ.

ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބު ޓެގް ކުރައްވައި ނިޒާރު ފޮނުއްވި މެސެޖުގައި ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ނުލިބި ގަން އެއާޕޯޓްގެ ވާހަކަ ދެއްކެން ނެތް ކަމަށެވެ.

"ރައީސް ނަޝީދަށް ދަންނަވައިދެއްވާ ރައީސް އިބޫ އައްޑޫ ސިޓީގެ ތަރައްގީއަށް މި ކޮށްދެއްވާ ކަންކަން ފުރިހަމަވާނީ ދެވަނަ ދައުރެއް ދީގެނޭ. 2 މޫނާއި އެކު ދެކެވޭ ވާހަކައަށް އިތުރުބާރު ނުކުރެވޭނެ" ނިޒާރު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައިވާއިރު، އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުއާ ވާދަކުރައްވާ ބޮޑު ތަފާތަކުން ބަލިވުމަށްފަހުވެސް ރައީސް ނަޝީދު އަންނަނީ ރައީސް ސޯލިހުއާ ދެކޮޅަށް ފަކި ފެކްޝަނެއް އުފައްދަވައި ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *