މޮޓޯކޭޑް މައްސަލަ: އިތުރު މީހަކު ހައްޔަރުކޮށް، ބަންދު ޖަހައިފި

FrrzANOaAAAfZuq

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލައިގައި މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އެޅި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 54 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށާއި، އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ތަހުގީގު ކުރަމުންނެވެ. މިގޮތުން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް 15 ދުވަސް އަދި އަނެއް ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިދީފައެވެ.

ރައީސް ސޯލިހުގެ މޮޓޯކޭޑަށް ހުރަސް އަޅާފައި ވަނީ މިދިޔަ މިދިޔަ ހޯމަ ދުވަހުގެ ރޭ ޕީޕީއެމްގެ އޮފީސް ސަރަހައްދުން ދަނިކޮށް ޕީޕީއެމްގެ ސަޕޯޓަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *