އައްޑޫގައި އިސްލާމީ މަރުކަޒެއް އެޅުމަށް ހަވާލުކޮށްފި

Screenshot 2023-03-25 135131

މާލެ ފިޔަވައި ރަށެއްގައި ގާއިމުކުރާ އެންމެ ބޮޑު އިސްލާމީ މަރުކަޒު އައްޑޫ ސިޓީގައި ތަރައްގީ ކުރުމަށް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު އަލީއެވެ. އަދި ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒްއެވެ.

މި ރަސްމިއްޔާތުގައި ނައިބްރައީސް ފައިސަލް ނަސީމްގެ އިތުރުން އައްޑޫ ސިޓީގެ މޭޔަރާއި، ކައުންސިލަރުން އަދި މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަސައްކަތް ފިޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 15 މަސް ދުވަސް ތެރޭގައި ނިންމުމަށް 55.5 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 450 ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، ދެ ސެމިނާ ރޫމާއި، ހަތަރު ކްލާސް ރޫމާއި، އިސްލަމީ ލައިބްރަރީއެއްގެ އިތުރުން އިދާރީ ބަޔަކާއި ޕޭންޓްރީއެއް ގާއިމުކުރާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *